ދުނިޔެ

ކަޝްމީރުގައި ހަތިޔާރުއެޅި މީހެއް ގަޔަށް ބަޑި ޖަހާ މަރާލައިފި


އިންޑިޔާގެ ސަލާމަތީ ބާރުތަކުން ޖަންމޫ ކަޝްމީރުގައި ޙަރަކާތްތެރިވަމުންދިޔަ ހަތިޔާރުއެޅި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ. މިޙާދިސާ ހިނގާފައިވަނީ ޖަންމޫ ކަޝްމީރުގެ ކޮކެނާގް ނަމަކަށްކިޔާ ސަރަޙައްދުގައެވެ. މަރާލެވުނު މީހާ ގެންގުޅުނުކަމަށް ބެލެވޭ ބަޑިއެއް ފެނުނުކަމަށް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާގެ ހަށިގަނޑުވަނީ މިހާރު ވަނީ އޭނާގެ ޢާއިލާއާ ހަވާލުކޮށްފައިކަމަށްވެސް ފުލުހުން ބުނެއެވެ.މިޙާދިސާއަށްފަހު ހަތިޔާރުއެޅި އިތުރު ބަޔަކު ޙަރަކާތްތެރިވަމުން ދޭތޯ ބެލުމަށް ސަލާމަތީ ބާރުތަކުން އެ ސަރަޙައްދުގައި އަތްފުނާއަޅަމުން ގެންދާކަމަށް ޚަބަރުލިބެއެވެ. މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ޖަންމޫ ކަޝްމީރަކީ އިންޑިޔާގައި ހަމަނުޖެހުންތައްބޮޑު ސަރަޙައްދެކެވެ.