ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޭސް މެނޭޖްމަންޓް ޕޯޓަލް "މަތަރެސް" އިފްތިތާހް ކޮށްފިއެވެ. 
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޭސް މެނޭޖްމަންޓް ޕޯޓަލް "މަތަރެސް" އަކީ އެމެރިކާގެ ބާ އެސޯސިއޭޝަން ރޫފް ލީ އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ގާއިމް ކުރެވުނު ޕޯޓަލްއެކެވެ.  މިޕޯޓަލް އިފްތިތާހު ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ބަންޑާރަ ނައިބް އަލްއުސްތާޛް އިބްރާހިމް ރިފްއަތުއެވެ. 
		
										
			މިޕޯޓަލް ގާއިމް ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ޖޭއެސީއަށް ހުށަހެޅޭ މައްސަލަތަކާއި، އެމައްސަލަތަކުގެ ތަހުގީގުތައް ހަރުދަނާކަމާއެކު ފަސޭހަ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމެވެ. 
މީގެއިތުރުން މިޕޯޓަލް ގާއިމް ކުރެވުމުން ކަރުދާސް މަދު ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.