ސިއްހަތު

ކާބޯތަކެތީގެ ޙިދުމަތްދޭ ތަންތަން ޗެކްކުރަނީ


ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދަށް އަހުލުވެރިކުރުވުމުގު ޕްރޮގްރާމެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފަށްޓަވައިފިއެވެ.މި ޤަވާޢިދަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ފަރާތްތަށް އަހުލުވެރިކުރެއްވުވުމުގެ ޕްރޮގްރާމް މިއަދު ފެއްޓެވީ މި ޤަވާޢިދުގެ ދަށުން ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީކުރުމަށް ދެއްވާފައިވާ މުއްދަތު މިމަހުގެ 29 ގެ ނިޔަލަށް ހަމަވާތީ މިކަމަށް އިތުރަށް ސަމާލުކަން ހޯއްދަވައި، މަޢުލޫމާތު ދެއްވުމުގެ ގޮތުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭގެ ޕަބްލިކް ހެލްތު އިންސްޕެކްޓްރޭޓް ޑިވިޝަންގެ ޑިރެކްޓަރ އަޙުމަދު ނާޞިރު ވިދާޅުވީ މި ޕްރޮގްރާމުގައި އެޗްޕީއޭގެ މުވައްޒަފުން އެކިތަންތަނަށް ޒިޔާރަތްކޮށް، ކެފޭ، ހޮޓާ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ފާސްކުރަމުން ގެންދާނެކަމަށާއި، އެތަންތަން ހުރީ ޤަވާޢިދަށްތޯ ބަލައި މައުލޫމަތު ދެމުން ގެންދާނެކަމަށެވެ. އެޗްޕީއޭއިން ވިދާޅުވީ މާލޭގެ އިތުރުން މާދަމާ ހުޅުމާލެ ވިލިމާލޭއާއި ތިލަފުށީގައި މި ޕްރޮގްރާމް ކުރިޔަށް ގެންދަވަން ހަމަޖެހިފައިވާކަމަށެވެ. މި ޤަވާޢިދަށް ޢަމަލުކުރައްވަން ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 29 ގައެވެ.