ޚަބަރު

ލަންދޫގައި ރުކަކުން ޖެހި މީހަކު މަރުވެއްޖެ


ނ.ލަންދޫގައި ލޭންޑިން ކްރާޕްޓަކަށް ރުށްތަކެއް ބަރުކުރަނިކޮށް ރުކަކުން ޖެހި މީހަކު މަރުވެއްޖެއެެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާގައި މަރުވީ ޢުމުރުން 53 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. މި ހާދިސާގެ ރިޕޯޓް މިއަދު ހަވިރު 4:15 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. މިޙާދިސާގައި ރުކުންޖެހުނު ބަންގްލަދޭޝް މީހާ ލަންދޫ ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށާ، ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުންގެ ފުލުހުން ވިދާޅުވިއެވެ.

މޢުލޫމާތު ލިބިފައިވާގޮތުގައި ބަންގްލަދޭޝް މީހާގެ ގައިގާ ޖެހުނީ ލޭންޑްޑިން ކްރާފްތަށް އެރުވި ރުކެއްގެ ބުޑުންނެވެ. ވަރަށްބާރަށް ރުކުން ޖެހިފައި އޭނާ ބަންޑުން ވެއްޓި ކަބަރު ހުސްވީކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ލަންދޫން ލޭންޑިން ކްރާފްޓަކަށް އެރުވި މިރުއްތަކަކީ ލަންދޫން އަތޮޅުގައި އޮންނަ "ސިޔާމް ވޯލްޑް" ރިސޯޓަށް ގެންދަން އެރުވި ރުއްތަކެއްކަމަށް މަޢުލޫމާތުލިބެއެވެ. އެރުއްތައް ނަގާފައިވަނީ ލަންދުއިން އަލަށް ދިން ގޯތިތަކުގެ އިމުގެތެރެއިންކަމަށް މަޢުލޫމާތުލިބެއެވެ.