ޚަބަރު

އައިސް ޕްލާންޓެއް ހަދަން ކޮޅުފުށިން ބިން ދޫކުރަނީ


އައިސް ޕްލާންޓެއް ހަދަން ހުޅުވާލައި މ.ކޮޅުފުށިން 2 ބިމެއް ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.

2000 އަކަފޫޓުގެ ދެބިން ކޮޅުފުށިން ދޫކުރަނީ އެރަށުގެ ބަނދަރު ސަރަހައްދުން ވާޓަރާއި ކައިރިންނެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސިލުން ވިދާޅުވީ އައިސް ޕްލާންޓަށް ބިން ދޫކުރަން ނިންމީ އެ ރަށާއި އެސަރަހައްދުގެ މަސްވެރިންގެ އެދުމުގެ މަތިންކަމަށެވެ. އެ ސަރަހައްދުގައި އައިސް ޕްލާންޓެއް ނެތުމަކީ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށްވެސް ކޮޅުފުށީ ކައުންސިލުން ވިދާޅުވިއެވެ.

އާބާދީގައި 14،067 މީހުން ދިރިއުޅޭ ކޮޅުފުއްޓަކީ މަސްވެރި ރަށެކެވެ.