ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން އެރަށުގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ބަންދުކޮށްފިއެވެ.މިހާދިސާއާއި ގުޅިގެން ސްކޫލްތަކުގެ މިއަދު ބަންދުކުރިނަމަވެސް މަދަމާ ކިޔަވާދިނުމާ މެދު ވަކި ގޮތެއް ނުނިންމާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ތިނަދޫ ސްކޫލްތަކުގެ ކިޔެވުން މިއަދު ބަންދުކޮށްފައިވީ ނަމަވެސް އޭލެވެލް އިމްތިޙާންގެ އައިއޭއެލް މިއަދު އޮތް ޕޭޕަރުގެ އިމްތިޙާން ކުރިއަށްގެންދިޔަކަމަށް ތިނަދޫ އަތޮޅު ތަޢުލީމީ މަރުކަޒުން ވިދާޅުވެއެވެ.ތިނަދޫއަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.