ކުޅިވަރު

2018ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ބުފޮން ރިޓަޔާކުރަނީ


2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަމަށް ޔުވެންޓަސްގެ ގޯލްކީޕަރ ޖިއަންލުއިޖީ ބުފޮން ބުނެފިއެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން އުމުރުން 37 އަހަރުގެ ބުފޮން ބުނީ ވޯލްޑްކަޕްގެ ސްކޮޑުން ފުރުސަތު ލިބޭތޯ އޭނާ ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށާއި، 2018ގެ ވޯލްޑް ކަޕަކީ އޭނާ ފެންނާނެ ފަހު މުބާރާތްކަމަށެވެ. އަދި އެ މުބާރާތަށްފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަމަށް ބުފޮން ބުންޏެވެ. 2006 ވަނަ އަހަރު އިޓަލީއާއިއެކު ވޯލްޑްކަޕް އުފުލާލި ގޯލްކީޕަރު ބުނީ އުމުރުން ތިރީސް ހަތް އަހަރުގައިވެސް އެއް ފެންވަރެއްގައި ކުޅެވޭތީ ހިތްހަމަޖެހޭކަމަށާއި، މި ފެންވަރުގައި އަދި ދެ އަހަރު ކުޅެވޭނެކަމާއިމެދު ޝައްކު ނުކުރާކަމަށެވެ."އަހަރެންގެ މިހާރުގެ އަމާޒަކީ 2018ގެ ވޯލްޑްކަޕް. ސްކޮޑުން ފުރުސަތު ލިބޭނެކަމަށް އުއްމީދު މި ކުރަނީ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ފަހު މުބާރާތް. ވޯލްޑްކަޕަށްފަހު އަހަރެން ރިޓަޔާކުރާނަނަށް." ބުފޮން ބުންޏެވެ.ބުފޮންވަނީ މިދިޔަ އަހަރުގެ ފީފާ ބެލޮންޑިއޯއަށް ޝޯޓްލިސްޓް ނުވުމުން އެކަމާއި މާޔޫސްވާކަން ފާޅުކޮށްފައެވެ. ބުފޮން ބުނީ ގޯލް ކީޕަރުންނާއި ޑިފެންޑަރުންނަށް ބެލޮންޑިއޯ ލިބުމަކީ ދުރުކަމެއްކަމަށާއި، ވަރަށް ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނޫނީ ޚާއްސަކޮށް ކީޕަރުންނަށް އެމަގާމް ލިބުން ދުރުކަމަށެވެ. ޔުވެންޓަސްއާއިއެކު މިހާތަނަށް ހަ ލީގް ތަށި އުފުލާލާފައިވާ ބުފޮންވަނީ ޓީމު ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކާއިމެދު ހިތްހަމަ ޖެހުންވެސް ފާޅުކޮށްފައެވެ. ޒުވާން ފޯވާޑް ޕައުލޯ ދީބަލާގެ މޮޅު ކުޅުމަށްވެސް ބުފޮންވަނީ ތައުރީފްކޮށް ވާހަކަދައްކާފައެވެ.