މުނިފޫހިފިލުވުން

ބާބީ އަށްފަހު ކެންގެ ލުކް ވެސް ދައްކާލައިފި


ކުޑަކުދިންގެ މަޝްހޫރު ކާޓޫން ފްރެންޗައިޒް "ބާބީ"ގެ ލައިވް އެކްޝަން ފިލްމު ނެރެން ނިންމާފައިވާކަން މީގެކުރިން ވަނީ އިޢުލާނުކޮށްފައެވެ. މަޝްހޫރު އެކްޓަރު މާގޯ ރޮބީ ލީޑުން ފެންނަ ބާބީގެ ލައިވް އެކްޝަން ފިލްމުގެ ފުރަތަމަ ލުކް ދައްކާލާފައިވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

އަނެއްކާވެސް މި ވަނީ މީގެ އެހެން ކެރެކްޓާއެއްގެ ލުކް ދައްކާލާފައެވެ. މިފަހަރު ދައްކާލާފައިވަނީ ބާބީ އާއިއެކީ އެންމެ ގިނައިން ފެންނަ އެއް ކެރެކެޓަރ ކަމަށްވާ ކެންގެ ލުކް އެވެ.

މި ފިލްމުގައި ކެންގެ ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ރާންޔަން ގޮސްލިންއެވެ.
ރާޔަން ފެންނަން ހުރީ އޭނާގެ ޕްލެޓިނަމް ބްލޮންޑް އިސްތަށިގަޑާއިއެކު ޑެނިމް ކޯޑެއްގައެވެ.
ކުރިން ދައްކާލާފައިވާ މާގޯ ގެ ލުކްގައި ދައްކާލާފައިވަނީ ބާބީގެ އެންމެ ފާހަގަކުރެވޭ ފިޔާތޮށި ޕެލެޓެވެ.

މާގޯ އާއި ރާޔަންގެ އިތުރުން ކޭޓް މިކިނެން، އެލްގްޒެންޑްރާ ޝިޕް، އެމެރިކާ ފެރާރާ، ސިމޫ ލިއު،ހަރީ ނެފް، ވިލް ފެރަލް އަދި މައިކަލް ސެރާވެސް މީގެ ކާސްޓުގައި ހިމެނެއެވެ.
އޮސްކާ ނޮމިނީ ގްރެޓާ ގާވިގް ޑައިރެކްޓުކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ޖުލައި މަހުގެ 21 ގައެވެ.