ދުނިޔޭގެ ވިޔަފާރި

އަހަރު ތަކަކަށްފަހު ގަޠަރު އެއާވޭސްއަށް ފައިދާ ވެއްޖެ


2017ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ގަތަރު އެއާވޭސްއަށް ފައިދާ ވެއްޖެކަމަށް އެ އެއާވޭސްއިން ބުނެފިއެވެ. ހަމައެކަނި ބައިނަލްއަޤުވާމީ ދަތުރުތައް ކުރާ ގަތަރު އެއާވޭސް އަށް މާޗް މަހުގެ ނިޔަލަށް ވަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިދާ ވެފައެވެ. މީގެ އެއް އަހަރު ކުރިން ކުންފުންޏަށްވަނީ 14.8 އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައެވެ.

ފަސިންޖަރުންގެ ޢަދަދު 18.5 މިލިއަނަށް އަރައި އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ 52.3 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. މިއީ އަދިވެސް ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ލިބުނު ޢާމްދަނީއަށްވުރެ މަދު ޢާމްދަނިއެކެވެ.

ކުންފުނީގެ ކާގޯ ވިޔަފާރި އެންމެ ރަގަޅުވި އަހަރުކަމަށް މިއަހަރު ވަނީ ރެކޯޑުކޮށްފައެވެ. ގަތަރު އެއާވޭސް އިން މިއަހަރު ވަނީ ޖުމްލަ 3 މިލިއަންޓަނުގެ ފްރައިޓް އުފުލާފައެވެ. ކޯވިޑުގެ ބަލިމަޑުކަން ފެތުރުނުތާ ކުރީކޮޅު އެއާ ފްރައިޓްގެ އަގުތައް ހުރީ އަތް ނުފޯރާ ފަށުގައެވެ. އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމުގައި ދިމާވި ދަތިތަކުގެ ސަބަބުންނެވެ.

ސިޔާސީ ކޯޅުންތަކާއި ހެދި އަވަށްޓެރި ބައެއް ޤައުމުތަކުން ގަތަރު އެއާވެސް މަނާކުރުމުން 2017 ވަނަ އަހަރުން ފެށިގެން ކުންފުންޏަށް ފައިދާއެއް ނުވެއެވެ.އަވަށްޓެރި ޤައުމުތަކުން އެއާލައިން މަނާކުރުމުގެ ސަބަބުން ދިގު އަދި އަގުބޮޑު ދަތުރުތައް ކުރަން ގަތަރު އެއާވެސްއަށް ޖެހުނެވެ.

ގަތަރާއިއެކު އޮތް ހިތްހަމަނުޖެހުންތައް ސައޫދީ، ޔުނައިޓެޑް އެރެބް އެމިރޭޓްސް އަދި އެހެން ޤައުމުތަކުން ނިމުމަކަށް ގެނެސްފައިވަނީ 2021 ވަނަ އަހަރުއެވެ. ގަތަރު އެއާވޭސްގެ ވާދަވެރި އެމިރޭޓްސް އިން ވަނީ މިއަހަރު އެ ކުންފުންޏަށް މިއަހަރު 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.