ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމަށް ޤައުމީ އަންހެން ވޮލީބޯޅަ ޓީމު މިއަދު އިންޑިޔާއަށް ފުރައިފިއެވެ.
އިންޑިޔާގެ ގުވާހަޓީގައި އަންނަ މަހުގެ ހަވަނަ ދުވަހު ފަށުމަށް
ހަމަޖެހިފައިވާ ގޭމްސްއަށް ތައްޔާރުވުމަށް ޤަ.އުމީ އަންހެން ޓީމު އެންމެ ފުރަތަމަ ދިއުމަށް
ހަމަޖެހިފައިވަނީ ޗެންނާއީއަށެވެ. ޗެންނާއީގައި އެެކުވެރިކަމުގެ މެޗެއް ކުޅުމަށް
ފަހު ދެން ދާނީ ގޭމްސް ބާއްވާ ގުވާހަޓީއަށެވެ. އަދި ގުވާހަޓީގައި އެކުވެރިކަމުގެ
ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
އަންހެން ޓީމުގެ ކޯޗަކީ އަހުމަދު އަދީލްއެވެ.
އަންހެން ވޮލީ ޓީމްގެ އިތުރުން ޤައުމީ ފިރިހެން ވޮލީ ޓީމްވަނީ ތަމްރީން
ހޯދުމަށް ތައިލެންޑަށް ގޮސްފައެވެ. ފިރިހެން ޓީމް ތައިލެންޑްގައި ކުރާ
ތަމްރީން ދަތުރު ނިންމާލުމަށްފަހު މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ
ދެވަނަ ދުވަހުއެވެ.
ޤައުމީ ފިރިހެން ވޮލީ ޓީމްގެ ކޯޗަކީ ތައިލެންޑްގެ ސުންޓޮން ފޮސީޓާއެވެ.