ޔުއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭ ގްރޫޕް ހަތަރެއްގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗު ނެދަލަންޑްސްއިން ކާމިޔާބުކޮށްފިއެވެ.
ނެދަލަންޑްސްގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިނީ ނޮއާ ލޭންގްއެވެ. އަދި މެޗްގެ 23 ވަނަ މިނެޓްގައި ކޮޑީ ގަކްޕޯ ވަނީ ނެދަލަންޑްސްގެ ލީޑު ފުޅަކޮށްދީފައެވެ.
މިމެޗްގައި ވޭލްސްއިން އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ ބްރެނަން ޖޯންސަންއެވެ. އަދި މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ވޭލްސްއަށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ކެޕްޓަން ގެރެތު ބޭލްއެވެ. އަދި މިލަނޑާއެކު މެޗް އެއްވަރު ވެގެން ނިމޭނެކަމަށް އެންމެންނަން ގަބޫލް ކުރެވުނު ނަމަވެސް ނެދަލަންޑްސްގެ މެމްފިސް ޑެޕާއީ ވަނީ އެއްމިނެޓްފަހުން ލަނދެއް ޖަހާ މިމެޗުން ނެދަލަންޑްސް މޮޅުކޮށްދީފައެވެ.
މިކާމިޔާބީއާއެކު ނެދަލަންޑްސް މިހާރު އުޅެނީ ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ވޭލްސް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.