ކުޅިވަރު

ވޯލްޑް ކަޕުގެ ފަހު ޖާގަ ކޮސްޓަ ރީކާއަށް


މި އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުގެ ފަހު ޖާގަ ކޮސްޓަ ރީކާއިން ކަށަވަރުކޮށްފިއެވެ.

ކޮސްޓަރީކާއިން މިޖާގަ ކަށަވަރުކުރީ އިންޓަކޮންޓިނެންޓަލް ޕްލޭ އޮފްގައި ނިއުޒީލަންޑާއި ބައްދަލުކުރި މެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުޒީލަންޑުންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ކޮސްޓަރީކާގެއެވެ. މިގޮތުން މިމެޗްގައި ކޮސްޓަރީކާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ ތިންވަނަ މިނެޓްގައި ޖަހާދިނީ ޖޮއެލް ކޭމްޕްބެލްއެވެ. މިމެޗްގެ ބޮޑުބައި ނިއުޒީލަންޑްއިން ކޮންޓްރޯލް ކުރި ނަމަވެސް އެޓީމަށް ކޮސްޓްރީކާގެ ގޯލް ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. އަދި މެޗްގެ 69 ވަނަ މިނެޓްގައި ނިއުޒީލަންޑްގެ ކޮސްޓާ ބަރބަރޫސެސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމާއެކު އެޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހީނަރުކަން ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ކޮސްޓްރީކާ މިހާރު މިވަނީ ވާރލްޑް ކަޕްގެ ފަހު ޖާގަ ކަށަވަރު ކޮށްފައެވެ. އަދި މިފަހަރުގެ މުބާރާތުގައި ކޮސްޓްރީކާ ހިމެނިފައިވަނީ ސްޕެއިން، ޖަރުމަނުވިލާތް އަދި ޖަޕާނާއެކު ގްރޫޕް އީގައެވެ. އަދި ފުރަތަމަ މެޗްގައި ނިވެމްބަރު މަހުގެ 23 ވަނަ ދުވަހު ބައްދަލުކުރާނީ ސްެޕެއިން އާއެވެ.