ޚަބަރު

ސްޓެލްކޯގެ ޗެއާމަނަކަށް އިބްރާހީމް ދީދީ


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރމަންކަމުގެ މަޤާމަށް، ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރައިޓައިޒޭޝަނުން އައްޔަކޮށްފިއެވެ.

ސްޓެލްކޯގެ ޗެއާމަންކަމަށާއި މެންބަރުކަމަށް އިބްރާހިމް މުޙައްމަދު ދީދީ އައްޔަންކޮށްފައިމިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ އަކީ ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. މީގެ އިތުރުން އިބްރާހިމް މުޙައްމަދު ދީދީ އަކީ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ސަރަޙައްދުގެ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ސްޓެލްކޯގެ ބޯޑުގެ މެންބަރުކަމަށާއި ޗެއަރމަންކަމަށް ބޭފުޅަކު އއްޔަންކުރައްވާފައިވާއިރު ދާދިފަހުން ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް އަޙްމަދު ޝަރީފު އައްޔަން ކުރައްވާފައެވެ.