މުނިފޫހިފިލުވުން

"އޯލްޑް ގާޑް"ގެ މިފަހަރުގެ ބައިގައި އުމާ އާ ހެންރީ ގޯލްޑިންވެސް


2020 ވަނަ އަހަރުގެ ޖުލައި މަހު ނެޓްފްލިކްސްއިން ޕްރިމިއާކޮށް ބޮޑު ތަރުހީބެއްވެސް ލިބިފައިވާ ބަޠަލާ ޝާލީޒް ތެރަންގެ ސުޕަހީރޯ ފިލްމު "ދާ އޯލްޑް ގާޑް" ގެ ސީކުއަލެއް އުފައްދާނެ ވާހަކަ އިޢުލާނުކޮށްފައިވަނީ ފުރަތަމަ ބައި ޕްރިމިއާ ކުރިތާ ކައިރީގައެވެ.

"އޯލްޑް ގާޑް" ގެ ސީކުއަލް އުފައްދަންވެގެން ސްކްރިޕްޓް ލިޔެފައިވާކަމަށް ޝާލީޒް ވަނީ 2021 ވަނަ އިއުލާނުކޮށްފައެވެ. އަދި މީގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާކަމަށްވެސް ޝާލީޒް އޭރުވަނީ ބުނެފައެވެ.

އޭގެފަހުން ދެން އިވުނީ ފުރަތަމަބައިގެ ޑައިރެކްޓަރު ޖީނާ ޕްރިންސް-ބައިތުވުޑްގެ ބަދަލުގައި ސީކުއަލް ޑައިރެކްޓުކުރާނީ "ޔެލިން ޓު ދަ ސްކައި" އަދި "ސްވިޗް" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ ވިކްޓޯރިއާ މެހޯނޭ ކަން އިއުލާނުކުރި ޚަބަރެވެ.

ޝާލީޒް އާއިއެކު ކުރީގެ ގިނަ ތަރިން މީގައި ހިމެނޭނެއެވެ. ނަމަވެސް މިއަށް އަލަށް އަންނަ ވަރުގަދަ ދެ ތަރިންނަކީ "ކިލް ބިލް" ގެ ތަރި އުމާ ތާމަން އާއި "ކްރޭޒީ ރިޗް އޭޝިއަން" ގެ ތަރި ހެންރީ ގޯލްޑިންއެވެ. މި ދެތަރިންނަކީވެސް އެކްޝަން ފިލްމުތައްކުޅުމުގައި ތަޖުރިބާކާރު ދެ ތަރިންނެވެ.

"ދި އޯލްޑް ގާޑް" އަކީ ހަމަ އެ ނަމުގައި ނެރުނު ކޮމިކް ވާހަކަ އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ކްރިޓިކުންގެ ފަރާތުން ވެސް ވަރަށް ޕޮޒިޓިވް ރިވިއުތަކެއް ލިބުނު ފިލްމުގެ ކާސްޓުންގެ ތެރޭގައި ކިކީ ލޭން، މަރްވާން ކެންޒާރީ، ހެރީ މެލިންގް، ޝިވެޓަލް އެޖިފޯ އަދި މެތިއަޝް ޝޮނާޓްސް ހިމެނެ އެވެ.