ޚަބަރު

އަތޮޅު ކައުންސިލުން ލ.އަތޮޅުގެ ރައްޔިތުންނަށް އެޥޯޑެއްދެނީ


ލ.އަތޮޅުގައި އެކި ދާއިރާތަކުން ކުރިއަރާފައިވާ މީހުންނަށް ޚާއްސަކޮށްގެން އެވޯޑެއް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމަވައިފިއެވެ.

އެ އަތޮޅު ކައުންސިލުން ވިދަޅުވީ މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26ވަނަ ދުވަހު މި އެވޯޑް ދިނުމަށް ނިންމާފައިވަކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ލ.އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާޢިލް ޢަލީ ވިދާޅުވީ މިފަދަ އެވޯޑެއް ދިނުމުގެ ބޭނުމަކީ އަތޮޅު ފެންވަރުގައި އެ އަތޮޅުގައި އެކި ދާއިރާތަކުން ކުރިއަރާފައިވާ މީހުންގެ އަގުވަޒަންކުރުން ކަމަށެވެ. މިގޮތުން ޖުލައި މަހުގެ 26ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑް ނައިޓްގައި ޝަރަފުގެ އެވޯޑާއި ހިތްވަރުދިނުމުގެ އެވޯޑް ދިނުމަށް ވަނީހަމަޖެހިފައެވެ. އިސްމާޢީލް އަލީ ވިދާޅުވީ އެވޯޑަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށާއި މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

ލ.އަތޮޅު ކައުންސިލުން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކުގައި އެ އަތޮޅުން ޕީއެޗްޑީ ހަސިލްކޮށްފައިވާ މީހުންނާއި ހާފިޒުންނަށް ޝަރަފުގެ އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރަނގަޅު ސްކީޅްއާއި އެންމެ ރަނަގޅު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސްކަތް ކުރާ ކޮމެޓީވެސް ހޮވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 16 ދާއިރާއަކުން ހިތްވަރު ދިނުމުގެ އެވޯޑްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

ލ.އަތޮޅު ކައުންސިލުން ވިދާޅުވީ މީގެ ކުރިންވެސް އެފަދަ އެވޯޑެއް ދީފައިވަކަމަށާއި ނަމަވެސް އެއީ މީގެ 4 އަހަރު ކުރިންކަމަށެވެ. އެހެންކަމުން މިއހަރުންފެށިގެން ކޮންމެ އަހަރަކުވެސް މި އެވޯޑް ދެން ދެމުންދާނެކެމަށެވެ.

ލ.އަތޮޅުގައި އެކި ދާއިރާތަކުން ކުރިއަރާފައިވާ މީހުންނަށް އެވޯޑް ދިނުމުގެ އިތުރަށް އެ ކުންސިލުން މިއހަރުގެ ތެޜޭގައި އިތުރުކަންތައްތަކެއްވެސް ކުރުމަށް ރާވާފައިވެއެވެ. އެގޮތުން އަތޮޅަށް ކުރިއެރުމާއި ވިޔަފާރިތަކަށް ކުރިއެރުން ގެނެސްދިނުމަށް އެ އަތޮޅޫ އިސްތިހާރު ކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ލ.މެރަތަންގެ ނަމުގައި ދުވުމެއް ކުރިއަށް ގެންދިޔުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.