ޚަބަރު

3 ދާއިރާއަކުން ޚާއްސަ އޮޑިޓްއެއް ހަދަނީ


އިޖްތިމާޢިގޮތުން ފާހަގަކޮށްލެވޭ 3 ދާއިރާއަކުން އޮޑިޓްއެއް ހެދުމަށް އޮޑިޓރަ ޖެނެރަލްގެ އޮފީހުން ނިންމަވައިފިއެވެ.

އެ އޮޕީހުން އޮޓިޑް ހެދުމަށް ނިންމާފައިވަނީ ޙިމާޔަތް ކޮށްފައިވާ ސަރަޙައްދުތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނދުދަނޑިތަކުގައި ހިމެނޭ 6ވަނަ ލަނޑުދަނޑި، ސާފު ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމާ ގުޅޭ ގޮތުންނެވެ. މިދާއިރާތަކުން އޮޑިޓެއް ހެދުމަށްޓަކައި އޮޑިޓް އޮފީހުން ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

މިގޮތުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މީހުންނާއި ވަކިވަކި ފަރުދުންގެ އިތުރަށް ސިވިލް ސޮސައިޓީސްތަކާއި އެހެނިހެން ފަރާތްތަކުންވެސް މި އޮޑިޓްގައި ބައިވެރިވެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ގޮތުގެ މަޢުލޫމާތު ހޯދުމަށް އެއްބާރުލުން ދިނުމަށް އެޑިޓަރ ޖެނަރަލް އެދިވަޑައިގެންފައިވެއެވެ.

އޮޑިޓް އޮފީހުން ވިދާޅުވީ އެމީހަކު ބޭނުން ދާއިރާއަކަށް އޮޑިޓް އޮފީހުގެ ވެބްސައިޓް މެދުވެރިކޮަށް މަޢުލޫމާތު ހުށަހެޅޭނެކަމަށެވެ. އަދި ލިބޭ މަޢޫލޫމާތުތައް ރައްކާތެރިކަމާއެކުގައި ހުންނާނެކަމުގެ ޔަޤީންކަން އެ އޮފީހުން ވަނީ ދެއްވާފައެވެ.

ރައްޖޭގައި މިހާރުވެސް ކަނޑު، ފަޅު އަދި ފަރުގެ އެކި ސަރަހައްދުތައް ހިމާޔަތް ކޮށްފައި އެބަހުއްޓެވެ. މީގެ އިތުރުން އެކާށިގެންވާ ގޮތުގައި ކުނި މެނޭޖް ކުރުމަށްވެސް އަންނަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ މީހުން ދިިރިއުޅޭ ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާ އެޅުމުގެ އެތަކެއް މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މިފަދަ މަޝްރޫޢޫތައް ކުރިއަށް ގެންދާއިރު އެކަން ކުރިއަށްދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމަކީ މުހިއްމު ކަމެކެވެ.