ދުނިޔެ

މުސްލިމް ބްރަދަހުޑްގެ މުދަލާއި ފައިސާގެ އަގު 34 މިލިއަނަށް އަރާ !


މިސްރުގެ އިދިކޮޅު މުސްލިމް ބްރަދަހުޑް ޕާޓީގެ ކިބައިން އަތުލާފައިވާ ފައިސާއާއި މުދަލުގެ އަގު 34 މިލިއަން ޑޮލަރަށް އަރާކަމަށް މިސްރުގެ ސަރުކާރުން ހާމަކޮށްފިއެވެ.މިކަން ހާމަކޮށްފައިވަނީ މުސްލިމް ބްރަދަހުޑްގެ ހަރަކާތްތައް ތަހްޤީޤުކުރުމަށް އެކުލަވާލާފައިވާ ޙާއްސަ ކޮމިޓީއިންނެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ކޮމިޓީގެ ޗެޔަރމަން އިއްޒަތު ޚާމިސް ވިދާޅުވީ، މިޞްރުގެ ބޭންކުތަކުގައި ބްރަދަހުޑް ޕާޓީން ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދު 2 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާ ކަމަށެވެ.މުސްލިމް ބްރަދަހުޑްގެ މެމްބަރުންގެ ތެރެއިން  އެއްހާސް ތިންސަތޭކަ ހަތްދިހަ މީހުންގެ މުދަލާ ފައިސާ އަތުލާފައިވާ ކަމަށާ މިމުދަލާއި ފައިސާ އަގު 20 މިލިއަން ޑޮލަރަށް އަރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.މީގެ ތެރޭގައި 460 އެއްގަމު އުޅަނދާ 318 އޭކަރުގެ ބިން ހިމެނޭ ކަމަށް ވެސް ޚާމިސް ވިދާޅުވިއެވެ. މީގެ ދެތިން އަހަރު ކުރިން މިސްރުގެ ވެރިކަމަށް އިންތިޚާބީ އުސޫލުން ހޮވުނު މުސްލިމް ބްރަދަހުޑް ޕާޓީއަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި އެގައުމުގެ މިހާރުގެ ސަރުކާރުން 2013 ވަނަ އަހަރު ވަނީ ކަޑައަޅާފައެވެ.