ދުނިޔެ

ޗާއިނާއިން ނޭޕާލްގެ ދާޚިލީ ކަންކަމަކާއި ނުބެހޭ- ނޭޕާލް


ޗައިނާއިން ނޭޕާލްގެ ދާޚިލީ
ކަންކަމުގެ ތެރެއަށް ވަދެފައިނުވާ ކަމަށް ނޭޕާލްގެ ބޮޑު ވަޒީރުގެ ނައިބު
ވިދާޅުވެއްޖެއެވެ.



ނޭޕާލްގެ ބޮޑު ވަޒީރުގެ
ނަޢިބު ކަމާޕް ތާޕާ މިހެން ވިދާޅުވެފައިވަނީ ވެރިރަށް ކަތަމަންޑޫގައި ކުރިއަށް
ދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ތާޕާ ވިދާޅުވީ، ޗައިނާއިން
އެއްވެސް އިރެއްގައި ނޭޕާލްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެފައި ނުވާ ކަމަށާ، ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ނޭޕާލްއިން އަބަދު ވެސް ތާއީދުކުރާ ކަމަށެވެ.



ނޭޕާލްގެ ބޮޑު ވަޒީރުގެ
ނަޢިބު ވިދާޅުވީ އެގައުމުގެ އިޤްތިސާދީ އަދި އިތްޖިމާޢީ ތަރައްޤީ ގައި ޗައިނާއިން
އަދާކުރަމުން އަންނަ ރޯލުގެ އަގު ވަޒަން ކުރާ ކަމަށެވެ. ޗައިނާއާ އިންޑިއާ ދެމެދު  އޮންނަ ނޭޕާލަކީ އެދެގައުމުގެ ދެމެދު އުފެދޭ
ކޯޅުންތަކުގައި މެދުވެރިއެއްގެ ރޯލް އަދާ ކުރާ ގައުމެވެ. އެހެން ކަމުން، ނޭޕާލްގެ
ތާޢިދު ސަރަހައްދުގެ ދެބާރުން ވެސް ހޯދުމަށް މަސައްކަތް ކުރެއެވެ.