ޚަބަރު

ރ މާޝިގިރިއަށް ދަތުރު ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި


ރ މާޝިގިރި ކިޔާފަޅު ރަށަށް ދަތުރު ދިޔަ ރ.މަޑުއްވަރީ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެދޯނި ބަންޑުން ޖަހާލީ މީހުން ބާލަން ކައިރި ކުރަން އުޅެނިކޮށް ރާޅަކާއެކު ކަމަށް މައުލޫމާތުލިބެއެވެ. މިދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފެއި ނުވާ ކަަމަށް މަޑުއްވަރީ ކައުންސިލުން މައުލޫމާތުދެއެވެ. މިދޯނިން ދަތުރު ކުރީ 3 މީހުންނެވެ. އެއީ 2 އަންހެނުންނާއި ފިރިހެނެއް ކަމަށް އެރަށު ކައުންިސލުން ބުނެއެވެ. އަދި މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ކައުންސިލުން ބުނެއެވެ.

25 ފޫޓް ހުންނަ ވަރުގެ މިދޯނި މިހާރު އޮތީ އެ ފަޅު ތެރެއަށް އަޑިއަށް ގޮސްފައެވެ. މިދޯނި ފުންކުރުމަށް މަޑުއްވަރީގެ ގިނަ އަދަދެއްގެ ރައްޔިތުން އެފަޅުރަށް ގޮސްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.