ޚަބަރު

ހާމިދު ގޭ ބަންދަށް ބަދަލުކުރި މައްސަލަ ހައިކޯޓަށް !


މަނީ ލޯންޑެރިންގެ މައްސަލައެއްގައި ހައްޔަރުކުރައްވާފައި ހުރި ޙާމިދު އިސްމާޢީލްގެ ޝަރީޢަތް ނިމެންދެން އޭނާ ގޭ ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން ކުރެއްވި އަމުރު އިސްތިއުނާފްކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށައަޅުއްވައިފިއެވެ. ޕީޖީ  އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށައެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައިކަމަށެވެ. އެހެންނަމަވެސް މި މައްސަލަ ހައިކޯޓުން ބަލައިގެންނެވުމާމެދު ގޮތެއް ނުނިންމަވައެވެ. ހާމިދުގެ ގޭ ބަންދަށް ކުރިމިނަލް ކޯޓުން ބަދަލްކުރައްވާފައި ވަނީ އެނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ އާދިއްތަ ދުވަހު ކޯޓަށް ޙާޟިރުކުރެއްވުމުންނެވެ.ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން މިދިޔަ ޑިސެމްބަރުމަހުގެ އެކާވީސް ވަނަދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ޙާމިދު އިސްމާޢީލް ބަންދުގެ މުއްދަތު މީގެ ކުރިން ހަތް ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދެއްވާފައިވެއެވެ. ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބާ ގާތްގުޅެއް އޮންނަ ޙާމިދު އިސްމާޢީލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވީ މެލޭޝިޔާގައި އުޅެމުންދަނިކޮށް އެޤައުމުގެ ފުލުހުންގެ އެހީތެރިކަމާއެކުއެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި ދައުލަތުން ޙާމިދު އިސްމާއިލާ ދެކޮޅަށް މަނީލޯންޑެރިންގެ ދަޢުވާ އުފުއްލަވާފައިވެއެވެ.