ދުނިޔެ

އިސްރާއީލުގެ އާންމުންނަށް ހަމަލާދިނުން އައްބާސް ކުއްވެރިކޮށްފި


ފަލަސްޠީނުގެ ޒުވާނުން އިސްރާއީލުގެ ޢާއްމުންނަށް ޙަމަލާތައް ދިނުމަށް ހިތްވަރުދޭ، ފަލަސްޠީނުގެ ޖަމާޢަތްތަކަށް ރައީސް މަޙްމޫދު އައްބާސް ހަރުކަށި ފާޑުކިއުންތައް އަމާޒުކުރައްވައިފިއެވެ.ހުޅަނގު އައްސޭރީގެ ރާމަﷲގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ، ފަލަސްޠީނުގެ ސަރުކާރާ އެޤައުމުގެ ސިޔާސީ ޕާޓީތަކުން ދެވަނަ އިންތިފާޟާ އަކަށް ތާޢީދުކުރާ ކަމަށާ އެހެން ނަމަވެސް އެފަރާތްތަކުން ތާޢީދުކުރަނީ މިކަމުގައި ސުލްޙަވެރި ކަމާއެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް އެކަނިކަމަށެވެ.އައްބާސް ވަނީ އިސްރާއީލުގެ ޢާއްމުންނަށް އަމާޒުކޮށް ފަލަސްޠީނުގެ ވަކި ވަކި ރައްޔިތުންދޭ ޙަމަލާތައް ކުށްވެރިކުރައްވާފައެވެ. އަދި މިފަދަ ހަމަލާތައް ރާވާ މިކަމުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވޭ ފަރާތްތައް ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ވެސް އައްބާސް ދެއްވިއެވެ.މިމޭރުމުން އައްބާސް ވާހަކަ ދައްކަވާފައި މިވަނީ އިސްރާއީލުގެ ޢާއްމުންގެ މީހަކަށް ވަޅިން ހަމަލާ ދިނުމަށް މަސައްކަތް ކުރިކަމަށް އިސްރާއީލުން ބުނާ ފަލަސްޠީނުގެ 13 އަހަރުގެ އަންހެން ކުއްޖަކު، އިސްރާއީލުގެ ފުލުހުން ބަޑި ޖަހާ މަރާލާފައިވަނިކޮށެވެ.