މުނިފޫހިފިލުވުން

ވިކްރަމް ބަޓް މިފަހަރުވެސް ބިރުވެރި ފިލްމެއް


ބިރުވެރި ފިލްމުތައް އުފެއްދުމުގައި ބޮލީވުޑްގައި އެންމެ މަޝްހޫރު ޑައިރެކްޓަރަކީ ވިކްރަމް ބަޓްއެވެ. ފިލްމު "ރާޒް"ގެ ބައިތަކާއި "1920" މީ ހުސް ވިކްރަމް ބަޓްގެ ކާމިޔާބު ފިލްމުތަކެވެ.

ދުވަސްގަނޑަކަށް ފަހު ވިކްރަމްގެ ފިލްމެއް ސިނަމާތަކަށް މި ވަނީ އަންނަން ތައްޔާރުވެފައެވެ. މި ފިލްމު ފުރަތަމަ މޯޝަން ޕޯސްޓަރ ވިކްރަމް އާއްމުކުރި އިރު މިވެސް ބަލާލުމުން ވައްތަރީ ބިރުވެރި ކަންތައްތަކެއް ފެނިގެންދާނެ ފިލްމަކަށެވެ. ވިކްރަމްގެ މި ފަހަރުގެ ފިލްމަކީ " ޖުދާ ހޯކޭ ބީ" އެވެ.

އަންނަ މަހުގެ 15 ވަނަދުވަހު ސިނަމާތަކަށް އަންނަ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަކްޝޭ އޮބްރޯއީއެވެ. މިގެއިތުރުން ފިލްމުގެ މުހިއްމު ރޯލަކުން ކަންނާޑާ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އިންދްރިތާ ފެނިގެންދާނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ކޭ ސެރާ ސެރާ އާ އަދި ވިކްރަމް ބަޓްގެ ސްޓޫޑިއޯ ވާޗުއަލް ވޯލްޑްސްއެވެ. ވިކްރަމް ބަޓަކީ ހިންދީ ސިނަމާތަކުގައި ލޯބީގެ ފިލްމުތައް އުފައްދުމުގައި މަޝްހޫރު މަހޭޝް ބަޓްގެ ބޮޑުބޭބެ ކިޔާ މީހެކެވެ. މި ފިލްމު އުފެއްދުމުގައި މަހޭޝް ބަޓްވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.