ކުޅިވަރު

މެސީގެ ގޯލުން ބާސެލޯނާ މޮޅުވެ ތާވަލްގެ އެއްވަނައަށް ޖެހިލައިފި


މަލާގާ ބަލިކޮށް ސްޕެނިޝް ލަލީގާ ތާވަލްގެ 1 ވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.ލަލީގާގައި ރޭ މަލާގާގެ މައްޗަށް ބާސެލޯނާ ކުރި ހޯދީ 2 - 1 ގެ ކުޑަ ތަފާތަކުންނެވެ.  މެޗުގެ ދެވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ލީޑް ނެގީވެސް ބާސެލޯނާއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޒުވާން ފޯވާޑް މުނީރް އަލް ހައްދާދީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މަލާގާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވެނެޒުއޭލާގެ މިޑްފިލްޑަރ ޙުއަންޕީއެވެ. ދެވަނަ ހާފުގައި ބާސެލޯނާއިން މެޗުގައި ދެވަނަ ފަހަރަށް ލީޑްނެގީ ފޯވާޑް ލަޔަނެލް މެސީ ޖެހި ހިތްގައިމު ލަނޑުންނެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ބާސެލޯނާ ކޮޕަ ޑެލް ރޭގައި ކުޅުނު މެޗުގައި ކުޅެފައެއް ނުވެއެވެ.މި ނަތީޖާގެ ސަބަބުން ބާސެލޯނާވަނީ ލަލީގާ ތާވަލްގެ އެއްވަނައަށް ޖެހިލާފައެވެ. ލީގުގައި އެޓީމް ދެން ކުޅެން ޖެހޭނީ އެއް ޕޮއިންޓް ފަހަތުން ލީގްގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. ރޭގެ މެޗުން ބަލިވި މަލާގާ އޮތީ ލީގު ތާވަލްގެ 12 ވަނައިގައި 24 ޕޮއިންޓާއި އެކުގައެވެ.