ޚަބަރު

ފުވައްމުލަކުގައި ތެޔޮ ތާންގިއެއް ގޮވައި، މީހަކަށް ސީރިއަސް އަނިޔާތަކެއް


ފުވައްމުލަކުގައި ތެޔޮ ތާންގިއެއް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓާއެއް ބޭނުން ކޮށްގެން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އެމަސައްކަތްކުރަން އުޅުނު ބަންގްލަދޭޝް މީހަކަށެވެ.

މިހާދިސާގައި އަނިޔާވި މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ. މި ހާދިސާ ހިނގާފައި ވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދު (ދޫނޑިގަން އަވަށް)ގައި ހުންނަ ޕެޓްރޯލް ޝެޑް ސައިޓްގައެވެ.

މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާއިބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.