ވިޔަފާރި

ރަން ދިހަފަހަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ނިންމާލައިފި


އަންނަ އަންގާރަދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށްޓަވަން ނިންމަވާފައިވާ އައު ނޫޓު ސީރީޒް، ރަންދިހަ ފަހަކަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދަވާ ޙަރަކާތްތަކުގެ އެންމެ ފަހުގެ އިވެންޓް މިއަދު ކުރިއަށް ގެންދަވައިފިއެވެ. މަރުކަޒީ ބޭންކް އެމްއެމްއޭގެ މުޢައްޒަފުން މިއަދު ވަނީ ފައިސާގެ މުޢާމަލާތްތައް ހިންގާ ތަންތަނުގެ ކައުންޓަރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އައު ނޫޓު ބޭނުންކުރަން ފަށާ ތާރީޚާއި، ކުރީގެ ނޫޓުން މުޢާމަލާތް ކުރެވޭނެ އެންމެފަހު ތާރީޚާއި މިހާރުބޭނުންކުރާ ފައިސާ އައު ނޫޓަށް ބަދަލުކުރުމުގެ ޚިދުމަތް އެމްއެމްއޭއިން ދޭނެ އެންމެ ފަހުގެ ތާރީޚާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.އަންގާރަދުވަހު ރަންދިހަފަހެއް ނޫޓު ބޭނުންކުރަން ފެއްޓެވިނަމަވެސް މެއި މަހުގެ 31 ވަނަދުވަހުގެ ނިޔަލަށް މިހާރުގެ ނޫޓުންވެސް ފައިސާގެ މުޢާމަލާތްތައް ކުރެވޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރައްވައެވެ. އަދި ޖޫން އެއްވަނަ ދުވަހުން ފެށިގެން 5 އަހަރުގެ މުއްދަތަކަށް މިހާރުގެ ނޫޓުތަކަށް އެމްއެމްއޭއިން ބަދަލު ލިބޭނެ ކަމަށްވެސް މަރުކަޒީ ބޭންކުން މަޢުލޫމާތު ދެއްވައެވެ.