ދުނިޔެ

ފަލަސްޠީނުގެ 13 އަހަރުގެ އަންހެން ކުއްޖެއް ޝަހީދުކޮށްލައިފި


އިސްރާއީލުން ފަލަސްޠީނުގެ 13 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.މިޖަރީމާ ހިންގުމަށްފަހު މިކަން ދިފާޢުކުރުމުގެ ގޮތުން އިސްރާއީލުން ބުނީ އެއަންހެން ކުއްޖާ އުޅުނީ އިސްރާއީލުގެ ގާޑެއްގެ ގަޔަށް ވަޅިހަރަން ކަމަށެވެ. މިއީ ފަލަސްޠީނުގެ ޢާންމުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކުރުމަށްފަހު އެކަން ދިފާޢުކުރުމުގެ ގޮތުން އިސްރާއީލުގެ މަސްއޫލުވެރިން ޢާންމުގޮތެއްގައި ދައްކަވާ ބަހަނާތަކެކެވެ.މިޖަރީމާ އިސްރާއީލުގެ ސިފައިން ހިންގާފައިވަނީ ހުޅަނގު އައްސޭރީގައި ޣައިރު ގާނޫނީ ގޮތުން ބިނާކޮށްފައިވާ ޔަހޫދީ އަވަށެއްގެ ކައިރީގައެވެ. ފާއިތުވި 3 މަސްތެރޭގައި އިސްރާއީލު ސިފައިން، ފަލަސްތީނުގެ ޢާންމުންގެ ގަޔަށް ބަޑިޖަހައި 160 އަށް ވުރެ ގިނަ ޒުވާނުން ޝަހީދުކޮށް 1,000 އެއްހާ މީހުން ޒަޚަމްކޮށްލާފައިވެއެވެ.