ވިޔަފާރި

މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް ފަސޭހަ ނިޒާމެއް


ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް ޚާއްޞަކޮށް މުދާ ކްލިއަރކުރެވޭނެ ފަސޭހަ ނިޒާމެއް ތަޢާރަފްކުރުމަށް މަސައްކަތް ފަށްޓަވާފައިވާކަމަށް  ކޮމިޝަނަރ ޖެނެރަމް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.ކަސްޓަމްސުން ތަޢާރަފްކުރާ މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް މުދާ އެރެކުރާތާ އެންމެ ގިނަދުވަސްވީ ކުންފުނިތަކުގެ ތެރެއިން ހޮވާލެވޭ ކުންފުނިތަކަކަށެވެ.މި ޚިދުމަތްތަކާއިބެހޭގޮތުން ކޮމިޝަނަރ ޖެނެރަމް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވީ މިޚިދުމަތް ދޭނެ ކުންފުނިތައް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަމަށެވެ. އަދި މި ކުންފުނިތަކަށް ކަސްޓަމްސްގެ ޚިދުމަތް ހޯދުމަށް ކިއުގައި މަޑުކުރަން ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.ޖުނައިދު ވިދާޅުވީ މި ނިޒާމުގެ ސަބަބުން ޑިއުޓީ ދެއްކުމާއި، މިނޫންވެސް އިތުރު ޚިދުމަތްތައް ހޯދުމުގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ޚާއްސަ ގޮތްތަކެއް ލިބިގެންދާނެކަމަށެވެ. އަދި  "ޕްރިމިއަމް" ކުންފުނިތަަކެއް ކަނޑައެޅުއްވި ނަމަވެސް މި ޚިދުމަތް ހޯދާ  ވިޔަފާރިއަކުން މަކަރު ހަދައިފި ފިނަމަ އެ ޚިދުމަތް ކެނޑިގެންދާނެ ކަމަށެވެ.