ޚަބަރު

ޅ.މާބިން ހުރާ ނެރުމައްޗަށް ދޯންޏެއް އަރައިފި


ޅ.މާބިން ހުރާ ނެރުމައްޗައް ދޯންޏެއް އަރައިފިއެވެ.

އެއަތޮޅުގަ ރިސޯޓް ތަރައްޤީކުރަމުން އަންނަ މާބިންހުރާ ނެރުމަށްޗަށް އަރާފައިވަނީ "އުއްމީދު" ނަމަކަށް ކިޔާދޯންޏެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މިދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ދަނީ ކުރަމުންނެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަ މިއަދު 11:55 ހާއިރުއެވެ. މި ދޯނިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް ނުވަތަ ނުލިބޭކަމުގެ މައުލޫމާތުވެސް ނުލިބޭކަމަށް އެއިދާއިން ވިދާޅުވެއެވެ.

މިއީ ޅ އަތޮޅުގައި މި މަހު ހިނގި މިފަދަ 3 ވަނަ ހާދިސާއެވެ. ފުރަތަމަ ހާދިސާ އަކީ 130 މީހުންނާއެކު ދަތުރުކުރި ބޯޓެއް އެއަތޮޅު ގާއެރިފަރަށް އެރި ހާދިސާއެވެ. ދެވަނަ ހާދިސާއަކީ ނައިފަރު ބޭރުތޮށްޓަށް ދޯންޏެއް އެރި ހާދިސާއެވެ.