ޚަބަރު

އައު އާޓިފިޝަލް ބީޗް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި


މާލޭ ހުޅަނގު ފަރާތުގައި ތަރައްޤީ ކުރަމުންދާ އާރޓިފިޝަލް ބީޗް ސަރަޙައްދު ސާފްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.ހައުސިންގ މިނިސްޓްރީގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން އެސަރަހައްދުގައި ހުރި މޫދު ގާތައް ނަގާ ގޮނޑުދޮށާއި އެސަރަހައްދުގެ މޫދާއި ފަޅުތެރެ ސާފުކުރުމަށް ހިންގާ މިހަރަކާތުގައި މާލޭގެ ޑައިވް ސްކޫލުތަކާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި އަމިއްލަ  ޖަމިއްޔާ، ޖަމާޢަތްތަކުން ބައިވެރިވެފައިވެއެވެ.އައު އާޓިފިޝަލް ބީޗްް ހިމެނޭ ސަރަހައްދުގެ ލޮނުގަނޑު ޓެސްޓު ކުރެއްވުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު އެސަރަހައްދުގައި ކުރިއަށްދަނީ މޫދަށް އެރޭ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތެވެ. އަދި  އެތަނުގައި މިހާރު ފައްޓަވާފައިވާ ޕެވިލިއަންގެ މަސައްކަތް ބީޗް ހުޅުވާތާ މާގިނަ ދުވަހެއްނުވެ، މުޅިން ނިންމައި،  ބޭނުން ކުރެވޭނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މީގެ އިތުރަށް ބާބަކިއު ހަދާނެ ވަކި ސަރަޙައްދެއްވެސް އެތަނުގައި ތާއްޔާރު ކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މާލޭ ހުޅަނގު ފަރާތުގެ މަލަމަތި ބަދަލުވެގެންދާ މި މަޝްރޫއުގެ، ހުރިހާކަމެއް ފުރިހަމަވެ މުޅި ބީޗް މަޝްރޫއު ނިންމުމަށް ކަނޑއަޅުއްވާފައިވަނީ މި އަހަރުގެ މެދުތެރޭގައެވެ. އެ ސަރަހައްދު މިހާރު ސިފަވަމުން އަންނަނީ ރާޅު ބީއްސަމުން އަންނަ  ރާއްޖޭގެ ހިތްގައިމު ރަށެއްގެ ގޮޑުދޮށްގޮތަށެވެ.