މުނިފޫހިފިލުވުން

ދަނުޝް ހޮލީވުޑަށް، ފުރަތަމަވެސް ހުސް އޭ ގްރޭޑް ތަރިންނާއިއެކު


ނެޓްފްލިކްސްއިން މިހާތަނަށް އެންމެ ބޮޑު ބަޖެޓަކުން އުފައްދާ ރުޒޯ ބްރްދާސްގެ ކުރިއަށް އޮތް ފިލްމު "ދަ ގްރޭ މޭން" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ. މީގެ ޓްރެއިލާގެ ކުޑައިރުކޮޅެއް ކުރިން ފިލްމުގެ ކެރެކްޓާ ޕިކްޗާތައްވެސް ވަނީ އާއްމުކޮށް ދައްކާލާފައެވެ.

2019 ވަނަ އަހަރު މާކް ގްރީނީ ލިޔެފައިވާ މަޝްހޫރު ނަވެލް "ދަ ގްރޭ މޭން" ގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ކާސްޓުގައި ހޮލީވުޑްގެ އޭ ލިސްޓްގައި ހިމެނޭ ކްރިސް އިވަންސް އާއި ރަޔަން ގޮޒްލިން އާ ޝާލީޒް ތެރަންގެ އިތުރުން އިންޑިއާގެ ދެކުނު ސިނަމާގެ މަޝްހޫރު ތަރި ދަނުޝްވެސް ހިމެނެއެވެ.

މީގައި ދައްކަނީ ސަރުކާރުގެ ސިއްރުތަކެއް ފަޅާއަރުވާލި އިންޓެލިޖެންސް އޮޕަރޭޓަރެއް ސަރުކާރުގެ ޓާގެޓަށްވެ ދެފަރާތުގެ ދެމެދުގައި ހިގާ ކަންތައްތަކެކެވެ. އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ "ދަ ގްރޭ މޭން" ނެޓްފްލިކްސް އިން ދައްކަން ފަށާނީ ޖުލައި 22 ވަނަ ދުވަހުއެވެ.

ރުޒޯ ބްރަދާޒް އެންމެ ފަހުން ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމަކީ އެ މީހުން ޕްރޮޑިއުސްކޮށް ސޭމް ހާގްރޭވް ޑައިރެކްޓްކުރި ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" އެވެ.
ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް 2019 ގެ "އެވެންޖާޒް: އެންޑްގޭމް" ގެނެސްދިން ރުޒޯ ބްރަދާޒްގެ ޑައިރެކްޓްކޮށް ދެން އެންމެ އަވަހަށް ގެނެސްދޭނެ ކަމަށް ބެލެވޭ ފިލްމަކީ 2020 އަހަރު ދެއްކި ފިލްމު "އެކްސްޓްރެކްޝަން" ގެ ދެވަނަ ބައެވެ. މީގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

"ދަ ގްރޭ މޭން" ޓްރެއިލާ ދައްކާލާފައިވާއިރު ޓޮމް ކްރޫޒްގެ ފިލްމު "މިޝަން އިމްޕޮޒިބަލް – ޑެޑް ރެކަނިންގް" ގެ ޓްރެއިލާވެސް ވަނީ ދައްކާލާފައެވެ.