ޚަބަރު

ޖަމާލުއްދީން ސްކޫލަށްވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި


ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.

ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ މާރާމާރީ ހިންގައިގެން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނަގެ ބަންދަށް ކޯޓުން ވަނީ މިއަދު 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވ.