ޚަބަރު

" މޯލްޑިވިއަން އައިޑަލް " ޕްރިމިއަކޮށްފި


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި
މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ފުރަތަމަ ސީޒަން ޕްރިމިއަކޮށްފިއެވެ.



މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ
އެޕިސޯޑު ހުކުރުދުވަހުގެރޭ 10:30 ޓީވީއެމްއިން ޕްރިމިއަރކުރިއިރު އޮލިމްޕަހާއި ޝްވެކް
ސިނަމާގައި މިޝޯވ ވަނީ އެޗްޑީކޮށް ދައްކާފައެވެ. މީގެ އިތުރުން މީޑިއާނެޓްގެ
އައިސްޓީވީ މެދުވެރިކޮށް ޓީވީއެމުންވެސް މޯލްޑިވިއަން އައިޑޮލް އެޗްޑީކޮށް ދައްކާފައިވެއެވެ.



މޯލްޑިވިއަން އައިޑަލް ޝޯވ ޕްރިމިއަރ
ކޮށްފައިވާއިރު ފުރަތަމަ ދައްކާފައިވަނީ މާލެސިޓީގެ އޮޑިޝަންގެ ފުރަތަމަ އެޕިސޯޑެވެ.
މާލޭ ސިޓީގެ އިތުރުން، ރާއްޖޭގެ 4 ސަރަޙައްދެއްގައި
މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ބާއްވާފައިވެއެވެ.



މިހާރު ކަނޑައެޅިފައިވާ ގޮތުންނަމަ، އޮޑިޝަންތައް ދައްކާ ނިމުމުން،
މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑް އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު
އަދި ގްރޭންޑް ފިނާލޭ އަންނަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ޓީ.ވީ.އެމުން
ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.



މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ
ގޮތުގައި ދުއިސައްތަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.