ޚަބަރު

ލ.ފޮނަދޫއިން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލައްވައިފި


ލ. ފޮނަދޫން ގޯއްޗަށް އެދުމުގެ
ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.



ފޮނަދޫ ކައުންސިލުން ވިދާޅުވީ މި
ބުރުގައި 80 ގޯތި ދޫކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. ފޮނަދޫ ކައުންސިލުން މިހާރު ވަނީ، ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓްދެއްވާނެ އުޞޫލް
ޢާއްމުކުރައްވާފައެވެ.



މިގޮތުން ގޯއްޗަށް އެދި ހުށައަޅާ
ފަރާތަކީ އުމުރުން އެކާވީސް އަހަރުވެފައިވާ މީހަކަށް ވާންޖެހޭނެކަމަށާއި  އެމީހަކަށް ރާއްޖޭގެ އެއްވެސް ތަނަކުން 600
އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށް އެ އުސޫލްގައިވެއެވެ.



ގޯއްޗަށް އެދި ފޯމް ހުށައެޅުމުގެ
ފުރުސަތު އަންނަ މަހުގެ ސޯޅަ ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ފޮނަދޫ
ކައުންސިލުން ވިދާޅުވެއެވެ.



ފޮނަދޫ ކައުންސިލުން ވިދާޅުވީ
ގޯތި ދޫކުރެއްވުމަށް ހަމަޖެހިފައިވަނީ އެރަށު ބަރާސީލް ސަރަޙައްދުން 24 ގޯއްޗާއި،
މެދުއަވަށު ސަރަޙައްދުން 36 ގޯތި އަދި ކުރިމަގު ސަރަޙައްދުން 20 ގޯތި ކަމަށެވެ.
އެއީ 3000 އަކަފޫޓުގެ ބަންޑާރަ ގޯތިކަމަށް ފޮނަދޫ ކައުންސިލުން ވިދާޅުވެއެވެ.