ޚަބަރު

ނައިފަރު ކަނޑުތޮށްޓަށް މުދާ އުފުލާ ބޯޓެއް އަރައިފި


ޅ.ނައިފަރު ކަނޑު ތޮށްޓަށް ދޯންޏެއް އަރައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި އެދޯނި ނައިފަރު ކަނޑުތޮށްޓަށް އެރީ އެރަށަށް މުދާ ބާލާފައި ހިންނަވަރަށް ދިއުމަށް އެރަށު ފަޅުން ނުކުންނަނިކޮށެވެ.

މި ބޯޓުގައި 30 މީހުންނަށްވުރެ ގިނަ މީހުން ތިބިކަމަށް ނައިފަރުން ވާހަކަދެއްކި މީހަކު ބުންޏެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ނައިފަރުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ތޮށިގަނޑަށް އެރުމުގެ ސަބަބުން ބޯޓުގެ ދެ ތަނެއް ފަޅައިގެންގޮސް ދިޔަވަމުންދާތީ އެބޯޓް ފުންކޮށް އެރަށު ފަޅަށް މިހާރު ވަނީ ވައްދާފައެވެ. އެބޯޓު ފަޅައިގެން ގޮސްފައި ހުރި ހިސާބު ފެނުން މައްޗައް ހިއްލުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެޙީތެރިކަމާއެކު ނައިފަރު މަސްވެރިން އަންނަނީ ކުރަމުންނެވެ.

"ދޮށި ބޯޓު" ނަމަކަށް ކިޔާ މި ބޯޓަކީ ހދ އަތޮޅުގެ ރަށްތަކާއި މާލެއާ ދެމެދު ދަތުރު ކުރާ ބޯޓެކެވެ. މި ބޯޓުގައި ގިނަ އަދަދެއްގެ މުދާހުރިކަމަށް މައުލޫމާތު ލިބެއެވެ.