ޚަބަރު

މިއަހަރުގެ އޭ ލެވެލްގެ ކިޔެވުން މާޗް 6 ވަނަ ދުވަހު ފަށަނީ


މިއަހަރުގެ އޭ ލެވެލްގެ ކިޔެވުން މާޗް މަހުގެ ހަ ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. އޭ ލެވެލްގެ ކިޔެވުން ޒަމާނުއްސުރެ ރާއްޖޭގައި ފަަށަމުންދަނީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް، ސަރުކާރުގެ ސިޔާސަތުގެ ދަށުން އޭ ލެވެލް ފަށާ ތާރީޚް ވީހާވެސް އަަވަސް ކުރުމަށް ނިންމަވާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއްވީ މިދިޔަ އަހަރުގެ ތެރޭގައެވެ. މިކަން މިގޮތަށް ނިންމެވީ އެޑްކްސެލްއާ މަޝްވަރާކުރުމަށްފަހުކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެެއްވައެވެ. މިއީ އޯ ލެވެލް އިމްތިހާނަށް ފަހު، އޭ ލެވެލް ފެށުމާއި ދެމެދު ބޮޑު ހުސް ދުވަސްތަކެއް ދިއުމުން ދަރިވަރުންގެ ކިޔެވުމަށް އަންނަމުންދާ ހީނަރުކަމުން ސަލާމަތްވެ، ދުވަސްތައް ހެޔޮ ގޮތުގައި ބޭނުން ކުރުމުގެ މަޤްސަދުގައި އެ މިނިސްޓްރީން ގެންނެވި ބަދަލެކެވެ. މިއާއެކު މިއަދުން ފެށިގެން އޭ ލެވެލްގައި ކިޔެވުމަށް ސްކޫލްތަކަށް އެޕްލިކޭޝަން ހުށައެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިދިޔަ އަހަރު އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ބޭއްވުނު އޯ ލެވެލް އިމްތިހާނުގެ ނަތީޖާތައް ދޫކުރައްވަން ފައްޓަވާފައިވެއެވެ.