ޓުއަރިޒަމް

ކެޓަމަރާން ދަތުރުގައި ޓުއަރިޒަމް މިނިސްޓްރީން ބައިވެރިވެއްޖެ


އެޓޯލް ސެއިލާއިން
އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސެއިލިން އަރައުންޑް
މޯލްޑިވްސް" ގެ ހަރަކާތުގައި މިނިސްޓްރީ އޮފް ޓުއަރިޒަމްއިން ބައިވެރިވެ
އެޓޯލް ސެއިލާއާއި އެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މިކަމަށްޓަކައި ޓޫރިޒަމް
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް
މިނިސްޓަރ މޫސާ ޒަމީރެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ މޫސާ ޒަމީރު
ވިދާޅުވީ މިހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ މިއަހަރަކީ ރާއްޖެއަށް
ޒިޔާރަތްކުރާ އަހަރު ކަމަށްވެފައި، ދިވެހި ޒުވާނެއްގެ މަސައްކަތް ދައްކުވައި،
ފަތުރުވެރިކަމުގެ ދާއިރާގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ހުރި ފުރުސަތުތަކަށް
ޒުވާނުން އަހުލުވެރިކުރުން ކަމަށެވެ.



މި ހަރަކާތުގައި އެކި
ރަށްތަކަށް މަޑުކޮށް އެރަށެއްގެ ސަޤާފީ އަދި ޤުދުރަތީ ރީތި މަންޒަރުތައް
ދެއްކުމާއި އެތަންތަން ހިމާޔަތްކުރުމުން ފަތުރުވެރިކަމަށް ލިބޭ މަންފާއާއި
ގުޅޭގޮތުން ހޭލުންތެރިކުރުވުމަކީވެސް މި ހަރަކާތުގައި ބައިވެރިވުމުގެ
ބޭނުމެއްކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވިދާޅުވިއެވެ. 

"ސެއިލިން އެރައުންޑް
މޯލްޑިވްސް" ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތަކީ 1
ފަޅުވެރިއަކު ކެޓަމަރާނެއްގައި ރާއްޖެވަށާ ބުރު ޖެހުމުގެ ހަރަކާތެކެވެ. މި ހަރަކާތް
ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ. 

"ސެއިލިން
އެރައުންޑް މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ
ހަރަކާތުގެ ބްރޯޑްކާސްޓް ފާރޓްނަރެއްގެ ގޮތުގައި ފަބްލިކް ސާވިސް މީޑިއާ
ސޮއިކޮށްފައިވާއިރު އޮންލައިން ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ ހަވީރު
މީޑިއާ ގްރޫޕެވެ. މިއީ މިގޮތަށް ރާއްޖެވަށާ ދިވެއްސަކު ދަތުރުކުރާ ފުރުތަމަ
ފަހަރެވެ.