ކުޅިވަރު

ލޯނު އެއްބަސްވުން ދާއިމީކޮށް ކުޓީނިއޯ އެސްޓަން ވިލާއަށް


ބާސެލޯނާގެ ކުޅުންތެރިޔާ ފިލީޕް ކޯޓީނިއޯގެ ލޯނު އެއްބަސްވުން ދާއިމީކޮށް، އޭނާ އެސްޓަން ވިލާއަށް އެއްކޮށް ބަދަލުވެއްޖެއެވެ.

ކޯޓީނިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ވިލާއަށް ބަދަލުވެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. މިއާއެއްބަސްވުމުގެ ދަށުން އުމުރުން 29 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާ ވިލާގައި 2026 ވަނަ އަހަރުގެ ނިޔަލަށް ހުންނާނެއެވެ. އަދި އޭނާ ބަދަލުވެފައިވަނީ 20 މިލިއަން ޔޫރޯގެ ފީއަކާއެކުކަމަށްވެއެވެ. އަދި މިއެއްބަސްވުން ދާއިމީ ކުރުމަށްތަކައި ކޯޓީނިއޯ ވަނީ އޭނާއަށް ބާރސާއިން ލިބެމުންދިޔަ މުސާރަވެސް ކުޑަކޮށްފައެވެ.

މިއެއްބަސްވުމަށްފަހު ވާހަކަ ދައްކަމުން ވިލާގެ ކޯޗް ސްޓީވެން ޖެރާޑް ހާމަކުރިގޮތުގައި މިއީ ކްލަބަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި ކޮޓީނިއޯއަކީ ޒަމާނީ ޕްރޮފެޝަނަލެއް ކަމަށާއި އޭނާ ޓީމާއި ގުޅުންފަހުން އެތީމަށް އައިސްފައިވާ ކުރިއެރުން ޖެނުއަރީ މަހުން ފެށިގެން އެކްލަބުން ފެންނަމުންދާކަމަށެވެ. އަދި ދަނޑު މައްޗާއި ދަނޑުން ބޭރުގައި އޭނާ ކުޅުމާއި އުޅުނ ބަހައްޓާގޮތުން އޭނާއަކީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު މިސާލެއް ކަމަށްވެސް ޖެރާޑް ހާމަކުރިއެވެ.

ކޯޓީނިއޯ ބާރސާއާއި ގުޅުނީ 2018 ވަނަ އަހަރު 142 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކާއެކު ލިވަޕޫލުންނެވެ. އެއިރު ޖެރާޑްއަކީ ކޯޓީނިއޯ އާއެކު ލިވަޕޫލަށް ކުޅެމުންދިޔަ ކުޅުންތެރިއެކެވެ. އަދި އެންމެފަހުން ވިލާ އާއި ބަރންލީ ކުޅޭ ތިނެއް އެކަކުން ވިލާ މޮޅުވި މެޗަށްފަހު ޖެރާޑްވަނީ އޭނާ ކޯޓީނިއޯ ދާއިމީކޮށް ވިލާއަށް ގެންނަން ބޭނުންކަން ހާމަކޮށްފައެވެ.