ވިޔަފާރި

ބިލްޑް އެންޑް ހޯމް އެކްސްޕޯ މިމަހު 27 އިން 29 އަށް


މަސީގެ
އަހަރީ، ބިލްޑް އެންޑް ހޯމް އެކްސްޕޯ މިމަހުގެ 27 ން 29 އަށް ބާއްވާނެކަން އެ
ޖަމިއްޔާޢިން ބުނެފިއެވެ.  



މޯލްޑިވްސް
އެސޯސިއޭޝަން އޮފް ކޮންސްޓަރަކްޝަން އިންޑަސްޓްރީ މަސީން ބުނާގޮތުގައި މި
އެކްސްޕޯގައި 49 ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.



މި
އެކްސްޕޯގައި މިހާތަނަށް 40 ފަރާތަކުން ބައިވެރިވެފައިވާކަމަށް މަސީއާ ގުޅިގެން
އެކްސްޕޯ އިންތިޒާމްކުރާ ތިންކް އެޑްވަޓައިޒިން އިން ބުނެއެވެ.  މިއަހަރުގެ އެކްސްޕޯގައި ޢިމާރާތްކުރުމުގެ
ދާއިރާގެ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ ދޭ ފަރާތްތަކާއި ގޭތެރެ
ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެފަދަ ޚިދުމަތްދޭ ފަރާތްތަށް
ފެނިގެންދާނެ ކަމަށް މަސީން ބުނެއެވެ.



މީގެ
އިތުރުން ފައިނޭންސާއި އިންޝުއަރެންސް ޚިދުމަތް ދޭ ފަރާތްތައްވެސް މިއަހަރުގެ
އެކްސްޕޯއިން ފެނިގެންދާނެކަމަށް މަސީން ބުނެއެވެ. އެކްސްޕޯގެ
ސްޕޮންސަރުންނާއި ޕާޓްނަރުން މިހާރު ޢިއުލާނުކޮށްފައި ވާއިރު، އެކްސްޕޯގެ
ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސާވިސް މީޑިޔާ،
ޕީއެސްއެމްއެވެ.