ދުނިޔެ

2015 އަކީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރު!


2015 ވަނަ އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވިފައިވާ އެންމެ ހޫނުގަދަ އަހަރު ކަމަށް އެމެރިކާގެ ސައިންސްވެރިން ހާމަކޮށްފިއެވެ.އެމެރިކާގެ ގައުމީ ޖައްވާއި ބެހޭ އިދާރާ ނާސާއާއި އެގައުމުގެ އޯޝެނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން މިދިޔަ އަހަރު އެއްކޮށްފައިވާ މަޢުލޫމާތު ބުނާގޮތުން މިދިޔަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ހުރީ އެވްރެޖްކޮށް 0.90 ޑިގްރީ ގައެވެ. 2014 ވަނަ އަހަރު ދުނިޔޭގެ ފިނިހޫނުމިން ހުރީ  0.16 ޑިގްރީ ގައި ކަމަށްވެސް އެ އިދާރާތަކުން ބުނެއެވެ.މިއީ މި ޤަރުނުގައި ދުނިޔޭގެ ފިނިހޫނުމިނުގެ ރިކޯޑަށް މުހިންމު ބަދަލެއް އައި 4 ވަނަ ފަހަރުކަމަށް އެއިދާރާތަކުން ހާމަކުރެއެވެ. 2015 ވަނަ އަހަރު ދުނިޔެ އިތުރަށް ހޫނުވެފައިވަނީ ޖައްވަށް ވިހަ ގޭސްތައް ދޫކުރުމަށް ޤައުމުތަކުން ކޮށްފައިވާ ކަންކަން އިތުރުވުމުގެ ސަބަބުން ކަމަށް އެމެރިކާގެ ސައިންސްވެރިން ވަނީ ބުނެފައެވެ.