ޚަބަރު

ގެވެށި އަނިޔާއާ ގުޅޭގޮތުން ބޭއްވި ވޯކްޝޮޕް ނިމިއްޖެ


ގެވެށި އަނިޔާ
ހުއްޓުވުމަށް މަސައްކަށްކުރާ މުއައްސަސާތަކަށް އަމާޒުކުރައްވައިގެން ގެވެށި އަނިޔާއާއި
ގެވެށި އަނިޔާގެ ޤާނޫނާ ގުޅޭގޮތުން ބޭއްވެވި މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.




ބައްދަލުވުން
ނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެމެލީ ޕްރޮޓެކްޝަން އެޖެންސީގެ
ރައީސާ އާމިނަތު އީނާޒް ވިދާޅުވީ، ގެވެށި އަނިޔާގެ ޤާނޫނަށް ޢަލަމުކުރައްވަން ފެށިގެން ދިޔައީ
އެތައް ގޮންޖެހުންތަކަކަށްފަހު ކަމަށެވެ. ނަމަވެސް މިފަދަ ޕްރޮގްރާމްތަކުން ދަސްވާ
ކަންކަމާ ގުޅިގެން ހުރިހާ މުއައްސަސާއެއް ހުރިހާ ދާއިރާއަކުން މިކަމަށް
މަސައްކަތްކޮށް، މި އަނިޔާ ހުއްޓުވުމަށްޓަކައި މަސައްކަތް ކުރުމުގެ މުހިންމުކަން އީނާޒް ފާހަގަކުރެއްވިއެވެ.




އީނާޒް ވިދާޅުވީ، މިފަދަ
މައްސަލަތައް ބައެއްގެ ބޮލުގައި އެޅުވުމަށްވުރެ އެބައެއްގެ ޒިންމާ ފުރިހަމަގޮތުގައި
އަދާކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.



އެކި މުއައްސަސާތަކުން
19 ބޭފުޅުން ބައިވެރިވި 4 ދުވަހުގެ މި ވޯކްޝޮޕަކީ ގެވެށި އަނިޔާ އަދި ގެވެށި
އަނިޔާގެ ޤާނޫނާ ގުޅޭގޮތުން ބޭއްވުނު 4 ވަނަ ބައްދަލުވުމެވެ.