ޚަބަރު

ބޮޑުހިލައިގެ މައްސަލަ ޙައްލުވެއްޖެ- އެމްޓީސީސީ


އެމްޓީސީސީން ޙަވާލުވެފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގެ ދަތިކަން މިހާރު ޙައްލުވެފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. ޕީ.އެސް.އެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި  އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ ބޮޑުހިލަ ލިބުމުގައި ދަތިކަން ކުރިމަތިވީ، ނިމިދިޔަ 2015 ވަނައަހަރު ފަހުކޮޅު އިންޑިޔާގެ ޗެންނާއީއަށް ކުރި ވިއްސާރައިގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ބޮޑުހިލަ ލިބެން ފަށާފައިވާތީ އެދުވަސްވަރު މަޑުޖެހިފައި ހުރި މަޝްރޫޢުތަށް އަލުން ކުރިޔަށް ގެންދަން ފެށިފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.ރަށްރަށުގެ ބަނދަރު ހެދުމާއި ބަނދަރު މަރާމާތުކުރެއްވުމަށް ސަރުކާރުން ހިންގަވާ ގިނަ މަޝްރޫޢުތަކެއް ޙަވާލުކުރައްވާފައިވަނީ ސަރުކާރު ޙިއްޞާވާ ކުންފުނި އެމްޓީސީސީއާއެވެ. އެހެންކަމުން ބަނދަރު ހެދުމާއި ބިންހިއްކުމުގެ ދާއިރާއިން އެމްޓީސީސީގެ މަސައްކަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނިން ގެންދަނީ ކުރަމުންނެވެ. އޭގެތެރޭގައި ބިންހިއްކުމަށް ބޭނުންކުރާ ޒަމާނީ ފެންވަރުގެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ހިމެނެއެވެ.