ޚަބަރު

ޕީޕީއެމްގެ ޖަލްސާގައި ރައީސްގެ ޚާއްސަ މެސެޖްތަކެއް


ޕީޕީއެމާއި އެމް.ޑީ.އޭއިން
މާދަމާރޭ ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ޤައުމާ މުހާތަބު ކުރައްވައި
މުހިންމު މެސެޖުތަކެއް ދެއްވާނެކަމަށް ޕީ.ޕީ.އެމްގެ ނައިބުރައީސް ޢަބްދުއްރަޙީމް
ޢަބްދުﷲ ވިދާޅުވެއްޖެއެވެ.



މިއަދު ޕީޕީއެމް އޮފީހުގައި އޮތް
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް
ވިދާޅުވީ މާދަމާރޭ އެޕާޓީން ބާއްވާ ޖަލްސާއަކީ ވަރަށް ޚާއްސަ ޖަލްސާއަކަށް
ވެގެންދާނެކަމަށެވެ.



ޕީޕީއެމުން ސިޔާސީ ބޮޑެތި ޙަފްލާތައް
ނުބާއްވާތާ ދުވަސްތަކެއް ވެފައިވާތީ އެޕާޓީގެ މެންބަރުންގެ ޝަކުވާތައް ޕާޓީއަށް
ހުށައަޅަމުންދާ ކަމަށާއި، މި ޖަލްސާ ވެގެންދާނީ މެންބަރުންގެ ޝަކުވާތަކަށް
ހައްލެއް ލިބިގެންދާނެ ޖަލްސާއަކަށް ކަމަށް ވިދާޅުވިއެވެ.