ދުނިޔެ

މިއަހަރު އިޤްތިސާުދު ކުރިއަރާނެ މިންވަރު ދަށްކޮށްފި


ދުނިޔޭގެ އިޤްތިސާދަށް މިއަހަރު 3.4 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އައި.އެމް.އެފްއިން ލަފާކޮށްފިއެވެ.މިއީ މީގެ ކުރިން އައި.އެމް.އެފްއިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ދަށް އަދަދެކެވެ. އައި.އެމް.އެފްއިން ބުނެފައިވަނީ އަންނަ އަހަރު ދުނިޔޭގެ އިޤްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 3.6 އިންސައްތައިގައި ކަމަށެވެ. މިކަން ހާމަކޮށް އައި.އެމް.އެފްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ އިޤްތިސާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ނުހޯދޭނަމަ ދުނިޔޭގެ އިޤްތިސާދު ހީނަރުކަމުގެ ތެރެއަށް ވެއްޓުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.ދުނިޔޭގެ އިޤްތިސާދަށް  މިއަހަރު ލިބޭނެކަމަށް ލަފާކުރާ ކުރިއެރުން އައި.އެމް.އެފް އިން ދަށްކޮށްފައި މިވަނީ ވޭތުވެދިޔަ 2015 ވަނަ އަހަރު ދުނިޔޭގެ 2 ވަނަ އަށް އެންމެ ބޮޑު އިޤްތިސާދުކަމަށްވާ ޗައިނާގެ އިޤްތިސާދު ވޭތުވެދިޔަ 25 އަހަރު ދަށަށް ނުދާ މިންވަރަކަށް ހީނަރުވެފައިވާކަމަށް އެ ޤައުމުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.