ސިޔާސީ

ރައީސް ޔާމީނަށް އިންޒާރުދިންކަމަށް ބުނާ މައްސަލަ ބަލަނީ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އިންޒާރުދިންކަމަށް ބުނާ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ކުރީގެ ރައީސް ޔާމީނަށް އިންޒާރުދީފައިވާކަމަށް ބުނާ މައްސަލައެއް ބަލައިދިނުމަށް މިމަހުގެ 2 ވަނަ ދުވަހު ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލައިދިނުމަށް މިމަހުގެ 3 ވަނަ ދުވަހު ސިޓީއަކުން ހުށަހަޅާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި ސިޓީތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.