ޚަބަރު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލާގައި ހަތް މީހަކު ހޯދަނީ


ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލާއަކާ ގުޅިގެން 7 މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުފަށައި ކުރިއަށްދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ހަތް މީހުންނަކީ މިމަހުގެ 2ވަނަ ދުވަހު މާލޭގައި ހިންގި ވަޅިހެރުމުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ހޯދަމުންދާ ބައެއްކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދާ މީހުން

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

ފުލުހުން ވިދާޅުވީ މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

ފާއިތުވީ ދުވަސްތަކަށް ބަލާއިރު މާލެއާއި ހުޅުމާލޭ ސަރަޙައްދުގައި ވަޅިން ހަމަލާދިނުމާއި މާރާމާރީ ހިންގުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މީހުން އާންމުގޮތެއްގައި އެއްވާ ސަރަޙައްދުތައް މޮނިޓާކޮށް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.