އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި މެންޗެސްޓާ ސިޓީ ވިމެން އަތުން ތަފާތު ބޮޑުކޮށް ބަލިވެ، ބާމިންހަމް ސޓީ ވިމެން ރެލިގޭޓުވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްެގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ޖޯޖިއާ ސްޓާންވޭއެވެ. އަދި ދެވަނަ ލަނޑު އޭގެ ތިން މިނެޓްފަހުން ޖަހާދިނީ ލޯރެން ހެމްޕްއެވެ. އަދި މެޗްގެ 64 ވަނަ މިނެޓްގައި ސިޓީގެ ތިންވަނަ ލަނޑު ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސްޓާންވޭއެވެ. ސިޓީގެ ހަތަރުވަނަ ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި އެލާނާ ކެނެޑީ ކާމިޔާބުކޮށްދިންއިރު ފަސްވަނަ ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ކްލޯއި ކެލީއެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ލޯރާ ކޫމްބްސްއެވެ.
މިކާމިޔާބީއާއެކު ސިޓީ ވިމެންއަށް 21 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު ބަރމިންގހަމް ސިޓީ ވިމެންއަށް ލިބިފައިވަނީ 8 ޕޮއިންޓެވެ. އެހެންކަމުން މިހާރު ކޮންމެ ޓީމަކަށް އެއްމެޗް ބާކީ އޮތުމުން 12 ޓީމް ހިމެނޭ މިލީގުގެ 11 ވަނައިގާ އުޅޭ ލެސްޓަރ ސިޓީ ވިމެން އާއި އަރާ ހަމަކުރުމުގެ ފުރުސަރު ބަރމިންގހަމް އަށް މިވަނީ ގެއްލިފައެވެ.