އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ ވިމެންއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް ވިމެންއިން ކާމިޔާބުކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ ފަރާތުން މޮލު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާދިނީ ބެތު މީޑްއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ ކައިޓްލިން ފޯޑްއެވެ. އަދި ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީވެސް ފޯޑްއެވެ. މިމެޗްގައި ސްޕަރސްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މިކާމިޔާބީއާއެކު އާސެނަލް ވިމެން މިވަނީ ތާވަލްގެ އެއްވަނައިގާ އުޅޭ ޗެލްސީ ވިމެން ލީގު ކާމިޔާބުކުރުން އެންމެ ފަހު މެޗަށް ދިގު ދައްމާލާފައެވެ. އާސެނަލްއަށް މިހާރު ލިބިފައިވަނީ 21 މެޗުން 52 ޕޮއިންޓެވެ. އަދި ޗެލްސީ އުޅެނީ 53 ޕޮއިންޓްގައެވެ. އެހެން ކަމުން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ދެތީމަށް އޮތްއިރު ފުރުސަތު ބޮޑީ ޗެލްސީއަށެވެ.