ޚަބަރު

ޚާރިޖީ ވަޒީރު ސަޢޫދީއަށް !


ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިޔަށްދާ އޯއައިސީގެ ޚާރިޖީ
ވަޒީރުންގެ ޚާއްސަ ބަދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީ ވަޒީރު ދުންޔާ
މައުމޫން މާދަމާ ސަޢޫދީއަށް ފުރާވަޑައިގަންނަވާނެއެވެ.



މިއަދު ދިވެހި ޚާރިޖިއްޔާގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި
ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ މިދަތުރަކީ އޯގަނައިޒޭޝަން އޮފް
އިސްލާމިކް ކޯޕަރޭޝަންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އަދި އޯއައިސީގެ މި ބައްދަލުވުމުގައި އީރާނާއި ސަޢޫދީގެ ދެމެދު
ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، އިސްރާއީލުން ޕަލަސްތީންގެ ރައްޔިތުންނާއި
ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަން
ހަމަޖެހިފައިވާކަމަށް ދުންޔާ ވިދާޅުވިއެވެ.



57 މެމްބަރު ޤައުމު ހިމެނޭ އޯއައިސީއަކީ އިސްލާމީ ޤައުމުތައް ރަމްޒުކުރާ
އެންމެ ބޮޑު އެއް ޖަމްއިއްޔާއެކެވެ. މިޖަމިއްޔާއަކީ ބައިނަލްއަޤްވާމީ ޖަމާތްތަކާއި ގުޅިގެން މުސްލިމް
ޤައުމުތަކަށް އަދި އެޤައުމުތަކުގައި ކުރިޔަށްދާ މައްސަލަތަކަށް ހައްލުހޯދުމަށް
އެކި މަޝްވަރާކޮށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ.