ވިޔަފާރި

ބޭންގކޮކާއި ރާއްޖެއާއި ދެމެދު އެއަރ އޭޝިއާގެ ދަތުރުތައް ފަށަނީ


ބެންގކޮކާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެއަރ އޭޝިއާ ގްރޫޕްގެ ސީއީއޯ ޓޯނީ ފެނާންޑޭޒް ބުނެފިއެވެ.ޓޯނީ ފެނާންޑޭޒް މިހެން ބުނީ އޭނާ އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖޭގެ ވައިގެ ބަނދަރުގައި މަޑުކޮށްލެއްވުމަށްފަހު ރާއްޖޭގައި އެއަރ އޭޝިއާގެ އެޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ އޯލް އެޗް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިސްފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.މި ބައްދަލުވުމުގައި ޓޯނީ ފެނާންޑޭސް ވަނީ މެލޭޝިއާއާއި ރާއްޖެއާއި ދެމެދު އެއަރ އޭޝިޔާއިން ކުރަމުން އަންނަ ދަތުރުތައް އިތުރުކުރައްވާނެކަމަށެވެ. މީގެ އިތުރުން ވަރަށް އަވަހަށް ޗުއްޓީއެއް ހޭދަކޮށްލަން ރާއްޖެ އަންނަށް  ބޭނުންވާކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ކުރިއަރާފައިވާ ސިނާއަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.