ޚަބަރު

އުމްރާގެ މަތިވެރި އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ


ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

މިއަދު ފަތިހު 05:30 އެހާކަންހާއިރު ނިޔާވެފައިވަނީ ބ. އޭދަފުށީ މާބަގީޗާގޭ، އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަންއެވެ. އަބޫބަކުރު އާއިލާއިން ބުނީ އެނާ ނިޔާވީ ރޭގެ ފަތިސްނަމާދު ނިންމުމުމަށްފަހު އެނބުރި ހޮޓަލަށް އައި ފަހުންކަމަށެވެ. އަދި މަރަކީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ބުނެއެވެ.

އަބޫބަކުރު ހަސަން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައީ އޭނާގެ އާއިލާގެ ހުރިހާ މެންބަރުންނާއެކު މިމަހުގެ 17 ވަނަ ދުވަހުއެވެ.

އުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މިދިޔަ އަހަރުވެސް ވަނީ ނިޔާވެފައެވެ.